ދީނީ އިލްމުވެރިޔާ އަބްދުލްއަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހި، ފަރުވާ ދޭން ފަށައިފި އެވެ.
ތަފްސީލް - ދީނީ އިލްމު ފެތުރެއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަދި މޮޅު ބަސްމޮށުންތެރިއެއްގެ ގޮތުގައި މަޝްހޫރު އަބްދުލްއަޒީޒްގެ ދަރިކަލުން އަހުމަދު ކުމައިލް ވިދާޅުވި ގޮތުގައި ބައްޕައަށް މި ވަގުތު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެކަމަކު ހާލާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އޭނާ ވަނީ ބައްޕައަށް ހެޔޮ ދުއާކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އެނގުން މުހިއްމު - ދީނީ އިލްމު ފެތުރުއްވުމުގެ އިތުރުން ދެން އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ، ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އަރަބިއްޔާ ސްކޫލުގައި ވެސް ހިދުމަތް ދެއްވާފަ އެވެ.
ދީނީ އިލްމުވެރިޔާ އަޒީޒްއަށް ސްޓްރޯކެއް ޖެހި، ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ