އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ހަމަޖައްސައިފި އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް ކުޑޫ ހަމަޖެއްސުމަށްފަހު، އޭނާގެ ނައިބުގެ ގޮތުގައި ގާނޫނީ ވަކީލު އައިކު އަހްމަދު އީސާ ހަމަޖައްސާފައިވާ ކަމަށެވެ.
ކެމްޕެއިން މެނޭރުގެ ނައިބުގެ މަގާމަށް އެމްޑީޕީން ހަމަޖެއްސީ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް އަދި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ.
މީގެއިތުރުން ކައުންސިލް އިންތިހާބުގެ ތަރުޖަމާނަކަށް އެމްޑީޕީން ދިއްދޫ ދާއިރާގެ ރައީސް އަބްދޫﷲ ވަހީދު ހަމަޖެއްސިއިރު، ނައިބަކަށް ހަމަޖެއްސީ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން އެވެ.
މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އަންނަ އެޕްރީލް 4، ގައި ބާއްވާ ކައުންސިލް އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.
ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294،937 މީހުންނެވެ. އޭގެތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް ކުޑޫ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރަކަށް ކުޑޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ