އަފީފް ދީދީގެ އަނބިކަނބަލުންގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދެނީ

ސުވައިދީބްގެ ރައީސް، އަބްދުﷲ އަފީފް ދީދީ (އައްޑޫ އަފީފް ދީދީ) ގެ އަނބިކަނބަލުން އަނީސާ އަލީ ދީދީގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
އަނީސާއަށް، އެ އާއިލާގެ ދިރިއުޅުން އޮތް ސީޝެލްސްގައި ފަރުވާ ދެމުންދާކަން ހާމަކޮށް ތާރީހް ދިރާސާކުރުންތެރިޔާ ނާޖިހު ދީދީ ވަނީ އެކަމަނާއަށް ހެޔޮ ދުއާކޮށްދޭން އެދިފަ އެވެ. އަނީސާއަށް މިވަގުތު ފަރުވާ ދެމުންދަނީ އައިސީޔޫގަ އެވެ. 
ސުވައިދީބަކީ އިނގިރޭސީންގެ އެހީގައި ދިވެހި ދައުލަތުން ވަކިވެގަނެ އައްޑޫގަައި ގާައިމުކުރި ވެރިކަމެކެވެ. އެވެރިކަން އުފައްދާ ރައީސަކަށް ހަމަޖެއްސެވީ އަފީފެވެ.
އަދި ފަހުން އަފީފް ވަނީ މުޅި އާއިލާއާއެކު ސީޝެލްސްއަށް ދިރިއުޅުން ބަދަލު ކުރައްވާފަ އެވެ. އެކަން ވެސް ކުރެއްވީ އިނގިރޭސިންގެ ހިމާޔަތާއި މަދަދު ލިބިގެންނެވެ.
އެފަހުން އަފީފްގެ އާއިލާގެ ދިރިއުޅުން އޮތީ އެ ގަައުމުގަ އެވެ. އަފީފްގެ އާައިލާ ވީ އެ ގައުމުގައި ފާހަގަކޮށްލެވުނު ނުފޫޒުގަދަ އާއިލާ އަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ