ކައުންސިލް އިންތިހާބު: އެމްޑީޕީގެ ކެމްޕެއިން ޓީމު އެކުލަވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކެމްޕެއިން ގައި އިސްކޮށް އުޅޭނެ ބޭފުޅުން ކަނޑައަޅައިފި އެވެ.
އެމްޑީޕީން ބުނީ މި އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކެންޕެއިން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ޑެޕިއުޓީ މެނޭޖަރުންނަށް ހުޅުމާލެ ދާއިރާ ކުރީގެ މެންބަރު ޢަލީ ނިޔާޒާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް ޢަބުދުއްﷲ އަދި އެ ޕާޓީގެ ގާނޫނީ ކޮމެޓީގެ މެންބަރު އައިކް އަޙްމަދު އީސާ އައްޔަން ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކެމްޕެއިން ތަރުޖަމާނަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެ ޕާޓީގެ ދިއްދޫ ދާއިރާގެ ރައީސް އަބުދުއްﷲ ވަހީދު ވަނީ ހަމަޖައްސާފަ އެވެ. ތަރުޖަމާނުގެ ނައިބަކަށް ހަމަޖެއްސީ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ޙަސަން އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ