ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރެއަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާގައި އެންމެ ހިތްދަތިކަން ލިބުނު އެކަކީ ކާލޯ ސޮމަކާލް އެވެ. އޭނާއަކީ މަރުވި ޑައިވަރުންގެ ތެރޭގައި ހިމެނޭ އިޓަލީގެ މެރިން ބަޔޮލޮޖިސްޓް އަދި ޔުނިވާސިޓީ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯންގެ ފިރިމީހާގެ އިތުރުން އެ ހާދިސާގައި މަރުވި ޖޯޖިއާގެ ބައްޕަ އެވެ.
އެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑުތައް ފެނުން މައްޗަށް ނަގާފައިވާއިރު، ހަށިގަނޑުތައް އިޓަލީއަށް ވަނީ ގެންގޮސްފަ އެވެ. ކާލޯ ބުނި ގޮތުގައި އޭނާގެ އަންހެނުން މޮނިކާ އަބަދުވެސް ދެކެމުންދިޔަ ހުވަފެނެއްވެ އެވެ. އެއީ ރިޓަޔާވުމަށްފަހު އޭނާގެ އުމުރުގެ ބާކީ ބައި އިޓަލީގެ ކާޕޯ މަންނުގައި ހޭދަކުރުމެވެ. އެއީ މޮނިކާ ވަރަށް ލޯބިވާ ތަނެކެވެ.
”މޮނިކާއަކީ ކެތޮލިކް ދީނުގެ މީހެއް ނަމަވެސް، އޭނާ މަރުވުމުން ހަށިގަނޑު އަންދާލުމަށްފަހު އަޅިތައް ކެޕޯ މަންނޫގެ ކަނޑަށް އޮއްސާލުމަކީ މޮނިކާ ދިރިއުޅުމުގައި އަބަދުވެސް ބުނަމުންދިޔަ އެދެމުންދިޔަ ކަމެއް“
އެހެންވެ މާކޯ ވަނީ މޮނިކާގެ އެ ހުވަފެން ހަގީގަތަކަަށް ހަދައިދިނުމަށް ނިންމައިފަ އެވެ.
މޮނިކާގެ ކުއްލި ވަކިވުމާ ގުޅިގެން އޭނާގެ ރަށްޓެހިންނާއި ސާޑީނިއާގެ ރައްޔިތުންނަށް ވަނީ ބޮޑު ހިތްދަތިކަމެއް ލިބިފަ އެވެ. އޭނާގެ ހަނދާނުގައި އެ ސަރަހައްދުގައި އޮންނަ ”މެންޑިއޯލާ ޕައިން ފޮރެސްޓް“ އަށް މޮނިކާގެ ނަމުން ނަންދިނުމަށް ވެސް އޭނާގެ ޒަމާންވީ އަވަށްޓެރިއެއް އަދި ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޖިއާނީ ލުޓްޒޫ މިހާރު ދަނީ ސިޓީގެ މުނިސިޕަލްޓީގައި އެދެމުންނެވެ.
”އަނބިމީހާއަކީ އަހަރެންގެ ފެނުޕަރީ، އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނަން“
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ