އެމްއައިބީ ވަޒީފާއެއް ބޭނުންތަ؟ ހުރިހާ މައުލޫމާތެއް އެމްއެންޔޫ ޖޮބް ފެއާއިން
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން 'އެމްއެންޔޫ ފަހި ފުރުސަތު'ގެ ނަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށްދާ ޖޮބް ފެއާގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން މި އަހަރު ވެސް ބައިވެރިވެއްޖެއެވެ. އެމްއައިބީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އިންޓާންޝިޕްގެ ފުރުސަތުތަކުގެ އިތުރުން އެ ބޭންކުގެ މަސައްކަތު މާހައުލާ ގުޅޭ މައުލޫމާތު ވެސް މި ފެއާއިން ލިބެން ހުންނާނެއެވެ. އެމްއައިބީން ބުނި ގޮތުގައި އިއްޔެ ފެށި މި ޖޮބް ފެއާގައި އެމްއެންޔޫ ސެންޓްރަލް ބިލްޑިންގުގެ އެމްއައިބީގެ ސްޓޯލަށް ޒިޔާރާތްކޮށް ރެޖިސްޓާ ވެލައިގެން މި ފެއާއަށް ޙާއްޞަކޮށްގެން އެ ބޭންކުން ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މި ގޮތުން، ރެޖިސްޓާވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީޑްރޯގެ ތިން ނަސީބުވެރިޔަކަށް ފައިސާވެއާ ރިންގެއް ލިބޭނެއެވެ. މި ލަކީޑްރޯ ނެގުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ. އެމްއެންޔޫ ޖޮބް ފެއާގައި އެމްއައިބީ: ވަޒީފާގެ ފުރުސަތުތަކުގެ ހުރިހާ މައުލޫމާތެއް ލިބޭނެ -- ފޮޓޯ/ އެމްއައިބީ މިއީ ދަސްވެނިން އަދި ވަޒީފާ ހޯދާ ފަރާތްތަކަށް އެމްއައިބީގައި ހުރި ފުރުސަތުތައް ދެނެގަތުމަށާއި، މަސައްކަތުގެ މާހައުލާ ގުޅޭ މައުލޫމާތު ހޯދުމަށްލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފުމަށް އެމްއައިބީން ހިތްވަރުދެއެވެ. މި ޖޮބް ފެއާ ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް އެމްއެންޔޫ ސެންޓްރަލް ބިލްޑިންގުގައެވެ. މި ފެއާގައި އެމްއައިބީގެ ސްޓޯލު ނަންބަރަކީ 17 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ