މަތީ ތައުލީމުގެ މަގުފަހި ކުރަން އެމްޑަބްލިއުއެސްސީން މައުމޫން ފައުންޑޭޝަނާއެކު އެއްބަސްވެއްޖެ
މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް، އެމްޑަބްލިޔުއެސްސީ އާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.މި އެއްބަސްވުމުގައި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއި ކުރީ މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއާމަން އަހުމަދު ފާރިސް މައުމޫނެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތން ސޮއި ކުރީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.މި ފަހުމުނާމާގެ ދަށުން އެމްޑަބްލިއުއެސްސީން ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މާސްޓާސް ޑިގްރީ ފެންވަރަށް ކިޔެވުމަށް ޚާއްސަ ސްކޮލާޝިޕެއް ސްޕޮންސާކޮށްފަ އެވެ. މި ސްކޮލާޝިޕްގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ހުނަރުވެރި ފަންނީ މީހުން ބިނާކުރުމާއި، ގައުމީ ފެންވަރުގައި ތައުލީމީ ނިޒާމު ކުރިއެރުވުމަށް އެއްބާރުލުން ދިނުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ