ސަރުކާރުން ވިލަރެސްކޮށްގެން ބާއްވާ އީދު ހަވީރު 1447ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެއެވެ.
އެމްއޭސީއެލްއިން ބުނެފައި ވަނީ މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ނިޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށް ކުރިއަށް ގެންދާ ”ޢީދު ހަވީރު 1447″ގައި އެ ކުންފުނިން ވަނީ ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން ހުކުރު ދުވަހުން ފެށިގެން 03 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ”ޢީދު ހަވީރު 1447“ ފެސްޓިވަލްގައި މޯލްޑިވްސް އެމް.އޭ.ސީ.އެލްއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ އިންތިޒާމްކޮށްފައެވެ.
އެމް.އޭ.ސީ.އެލްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެގޮތުން އެމް.އޭސީ.އެލްގެ ސްޓޯލް ޤާއިމްކުރެވިފައި ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގައެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާނީ ފިޠުރު ޢީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން 6.00 އަށެވެ. މިއީ މިފަދަ ޚާއްޞަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދި ޢާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި އެމް.އޭ.ސީ.އެލްއިން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކެކެވެ.
މިއީ ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ”ޒޫޓޯޕިއާ“ ތީމްގެ ކުޅިވަރު ސަރަހައްދެކެވެ. މި ސަރަހައްދުގައި ޒޫޓޯޕިއާގެ ކެރެކްޓަރ މެސްކޮޓްތައް ސްޓޯލް ކުރިއަށްދާ ވަގުތު ހަރަކާތްތެރިވަމުން ދާނެއެވެ. މި ސްޓޯލްގެ އެންމެ ޚާއްޞަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރުކޮށްފައިވާ ”ޓްރީހައުސް“ (ގަސްމަތީ ގެ) އެވެ. މީގެ އިތުރުން، ”އެކްސް ތްރޯއިންގ“ (ކޮޅުފިލި އުކުން)، ”ރެކިންގ ބޯލް“، އަދި ”ޝޫޓް ޔޯ ޝޮޓް“ ފަދަ ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
ޢީދަކީ އެއްބައިވަންތަކަމާއި އުފާވެރިކަމުގެ މުނާސަބަތަކަށް ވާއިރު، އެމް.އޭ.ސީ.އެލްގެ އަމާޒަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ދެމިއޮތުމެވެ.
”އީދު ހަވީރު 1447“ ގައި އެމްއޭސީއެލްގެ ހަރަކާތްތައްވެސް ފެންނާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ