މިއަދު ހަވީރު ރައީސް ޞާލިޙްގެ ޕްރެސްކޮންފަރެންސެއް ބާއްވަނީ

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޕްރެސްކޮންފަރެންސެއް އޮންނާނެކަމަށް އެ މަނިކުފާނުގެ ސްޕޯކްސްޕަރސަން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓްގައި ވާގޮތުން، ރައީސް ޞާލިޙްގެ ޕްރެސްކޮންފަރެންސް އޮންނާނީ މިއަދު ހަވީރު 16:30 ގައެވެ.
މިއީ ރާއްޖެއިން ކޮވިޑް-19 ފެންމަތިވިފަހުން ރައީސް ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެވަނަ ފަހަރެވެ. އެ މަނިކުފާނު އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ، މާޗުމަހުގެ 25 ވަނަ ދުވަހުގައެވެ.
އޭގެ ފަހުން ރައީސްވަނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤުތިސާދާއި ބެހޭގޮތުން އަލިއަޅުއްވައިލައްވައި ބައެއް ކަންކަން ގައުމާ މުޚާތަބުކުރައްވައި ވަނީ ހާމަ ކުރައްވާފައެވެ. 
ހަމަ އެއާއެކު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް، ރާއްޖޭގެ މިހާރުގެ ހާލަތުގެ މައްޗަށް ވާހަކަފުޅު ދެއްކެވުމުގެ އިތުރުން، ފަތުރުވެރިކަން އަލުން ހުޅުވާލާނެ ދުވަހެއް ވެސް ހާމަކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ