އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓަރ އެވޯޑްސްގައި ބީއެމްއެލް އަށް ދެ އެވޯޑެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރޭ ބޭއްވި ފައިނޭންޝަލް ސެކްޓަރ އެވޯޑްސް ހަފްލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޝަރަފުވެރި ދެ އެވޯޑެއް ކާމިޔާބުކޮށްފިއެވެ.
ބޭންކިންގ ދާއިރާ ކުރިއެރުވުމަށާއި ޒަމާނީ މާލީ ހައްލުތައް ތައާރަފްކުރުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ބޭންކަށް ވަނީ 'އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން' އެވޯޑް ލިބިފައެވެ. މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހޯދާފައިވާ ކާމިޔާބީއަށް 'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ވެސް ބީއެމްއެލް އަށް ވަނީ ލިބިފައެވެ.
ބޭންކުގެ ފަރާތުން މި އެވޯޑްތަކާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފެވެ. މި ހަފްލާއަކީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކުރުމަށް އެމްއެމްއޭ އިން އިންތިޒާމުކޮށްގެން ބޭއްވި ހަފްލާއެކެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި އެވޯޑްތަކަކީ ރާއްޖޭގެ މާލީ ނިޒާމު ވަރުގަދަކުރުމުގައާއި، ތިމާވެއްޓަށް ޒިންމާދާރު، ދެމެހެއްޓެނިވި މާލީ ހިދުމަތްތައް ކުރިއެރުވުމުގައި ބޭންކުން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ އެވޯޑްތަކެކެވެ.

އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ