މި ދުވަސްވަރު 8،000 އެއްހާ ދަރިވަރުން ގަވައިދުން ސުކޫލަށް ހާޒިރުނުވޭ: މިނިސްޓަރު
މި ދުވަސްވަރު 8،000 އެއްހާ ދަރިވަރުން ގަަވައިދުން ސުކޫލަށް ނުދާކަމަށް ވިދާޅުވެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިދިޔަ އަހަރުގެ ކީސްޓޭޖް ތިނެއްގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓު އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އެކަށީގެންވާ މިންވަރެއްގައި ދަރިވަރުންގެ ނަތީޖާ ހިފެހެއްޓުމަށް ސުކޫލަށް ހާޒިރުވުން މުހިންމު ކަމަށެވެ. މިގޮތުން، މިދިޔަ މަހުގެ 21އިން ފެށިގެން ކޮންމެ ދުވަހަކު ވެސް، ސުކޫލަށް ހާޒިރުވާ ދަރިވަރުންނާއި، ހާޒިރުނުވާ ދަރިވަރުން ފާހަގަކުރަން ފަށާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. ނަމަވެސް، ކުރިން އުސޫލު އޮންނަނީ، ވަކި މުއްދަތެއް ވަންދެން ދަރިވަރަކު ސުކޫލަށް ނުދިޔުމުން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާ ގޮތަށެވެ. އެއާއެކު، މި ދުވަސްވަރު ގިނަ އަދަދަކަށް ދަރިވަރުން ސުކޫލަށް ނުދާކަން ހާމަވިކަން ފާހަގަކުރައްވައި މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދަރިވަރުންތަކަކާއެކު: މިނިސްޓަރު ވިދާޅުވީމި ދުވަސްވަރު 8،000 އެއްހާ ދަރިވަރުން ސުކޫލަށް ހާޒިރުނުވާ ކަމަށް-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ އަޅުގަނޑުމެން ބެލެނިވެރިން، މުދައްރިސުން، އެންމެންގެ ލެވެލްގައި ވެސް މިކަމާ ދޭތެރޭ ވިސްނަން އެބަޖެހޭ. ޚާއްސަކޮށް ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއްއެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓަރު ވިދާޅުވީ، މި ދުވަސްވަރު ސުކޫލަށް ހާޒިރުނުވާ ދަރިވަރުން އެންމެ ގިނައީ މާލެ ސަރަހައްދުގައި ކަމަށެވެ. މިގޮތުން، މި ސަރަހައްދުގެ ސުކޫލުތަކުގެ 40 އިންސައްތަ ދަރިވަރުން ސުކޫލަށް ނުދާކަން ޝަފީއު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ސުކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ އެ ދަރިވަރެއްގެ އުނގެނުމަށް ގޯސް އަސަރު ކުރާނެ ދުވަހެކެވެ. އަދި، ތަކުރާރުކޮށް ސުކޫލަށް ނުދާނަމަ، ދަރިވަރުން ސުކޫލަށްދާ ހިތްނުވުން އެކަށީގެންވާކަން ޝަފީއު ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ