ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްގޮަތަށް ރައްޖޭގެ އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން ދިވެހި ރައްޔިތުނަށް ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދާދިނުމަށް ކަރަންޓް އަދި ފެން ބިލުން ބައެއް ސަރުކާރުން ދައްކައިދިނުމަށް ނިންމާ އެކަން އިއުލާނުކޮށްފިއެވެ.
އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި މި ވައިރަސްގެ ޕޮޒިޓިވް އަށް ކޭސް ފެނިފައިވާއިރު، ރާއްޖެއަށް ވެސް ވައިރަހުގެ ސަބަބުން އޮތް ނުރައްކާ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރިޔަ ނުދިނުމަށްޓަކާ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.
ވައިރަސް އާއި ގުޅިގެން، ރައީސް ސޯލިހް ގައުމާއި މުހާތަބު ކުރައްވާ ވާހަކަ ވެސް ދެއްކެވިއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާ ނުވަތަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހް ރޯގާގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާ ގައުމުތަކުގެ ތެރޭގައި ރާއްްޖެ ހިމެނޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
އިގްތިސޯދަށް ކުރާނެ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ވާހަކަތައް ދެކެވޭއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އެޕްރީލް އަދި މެއި މަހު ކަރަންޓާ ފެން ބިލުން ބައެއް ސަރުކާރުން ދައްކައިިދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް ސަބްސިޑައިޒް ކޮށްދިނުމަށް ނިންމާފައިވާ ކަން ފާހަގަކުރެއްވިއެވެ.
ކޮރޯނާވައިރަހާ ގުޅިގެން ކޮންމެ ގޭބިސީއަކަށް އެއްޓަނުގެ ފެން ހިލޭ ފޯރުކޮށް ދިނުމަށް ނިންމައި މީގެ ކުރިން އެކަން ވެސް ވަނީ އާއްމުކޮށް އިއުލާނުކޮށްފައެވެ.
ފިނޭސް މިނިސްޓަރާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ މި ބައްދަލްވުމުގައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރްފްކޮށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި މަނީ ސާކިއުލޭޝަން ދަށްވިޔަ ނުދިނުމަށް ޕީއެސްއައިޕީ ހުރިހާ ޕްރޮގްރާމްތަކެއް ހުއްޓާނުލައި ކުރިއަށް ގެންދާނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކަރަންޓް ބިލުން 40 އަދި ފެން ބިލުން 30 އިންސައްތަ ހިލޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ