މިރޭގެ ހަނދު ބަލައިލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އަހަރުގެ އެންމެ ބޮޑު ހަނދު މިރޭ ފެންނާނެކަމަށާއި، ހަނދު އަރާނީ، ރާއްޖެގަޑިން 18:45 ކަމަށެވެ.
https://twitter.com/maumoonagayoom/status/1247760587670487041?s=20
މި އަހަރުގެ އެެންމެ ބޮޑު ހަނދު ”ސުޕަރ ޕިންކް މޫން“ މިރޭ ފެންނާނެކަމަށް މެޓް އޮފީހުން ވެސްވަނީ ބުނެފައެވެ. ރާއްޖޭގެ އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ހާފިޒު ވިދާޅުވީ، ހަނދު އެންމެ ފުރިހަމަވެފައި ހުއްޓާ ރާއްޖެއަށް ފެންނާނީ، ރާއްޖޭގަޑިން މިރޭ 19:35 ގައި ކަމަށެވެ.
މީގެ އިތުރުން ހާފިޒު ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދަށް ހަނދު އަރާނެކަމަށް ލަފާކުރެވެނީ، މިއަދު އިރުއޮއްސި 18:40 އިން ފެށިގެން، 18:45 އާއި ދެމެދުގެ ވަގުތެއްގައިކަމަށެވެ.
މިރޭގެ ހަނދު ބަލައިލުމަށް ކުރީގެ ރައީސް މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ