ރައީސްއަށް ރޮނާލްޑޯއަށް ވުރެ މެސީ މާ މޮޅު

ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އަޅާބަލާއިރު މޮޅީ މެސީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުޓުބޯޅަ ސަޕޯޓަރުންގެ މެދުގައި އަބަދުވެސް އޮންނަ އެއް ބަހުސަކީ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ގްރޭޓެސްޓް އޮފް އޯލް ޓައިމް (ގޯޓް)އަކީ ރޮނާލްޑޯތޯ ނުވަތަ މެސީތޯ އެވެ.
ތަފްސީލު - ރައީސް މުއިއްޒުއަކީ ރޮނާލްޑޯގެ ކުރީގެ ކްލަބް މެނެޗެސްޓާ ޔުނައިޓެޑް (މެންޔޫ)ގެ ސަޕޯޓަރެކެވެ. ނަމަވެސް، އެމަނިކުފާނަށް ގޯޓްއަކީ ކޮން ކުޅުންތެރިއެއްތޯ ޕޮޑްކާސްޓެއްގައި ސުވާލުކުރުމުން، ރައީސް ވިދާޅުވީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ގޯޓްއަކީ މެސީ ކަމަށެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން މިއަދު ގެނެސްދޭން ފެށި 'ދެނޯ' ޕޮޑްކާސްޓުގައި ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނަޒާ ނަސީމްއާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މެންޔޫގެ ސަޕޯޓަރަކަށް ވިޔަސް، މެސީއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެއަށް ފަހު ރައީސް ވިދާޅުވީ، ރޮނާލްޑޯ އަކީ މޮޅު ކުޅުތެރިއެއް ކަމަށާއި އޭނާގެ ވިސްނުމާއި ގަބޫލުކުރުންތައް ވެސް މާ ރަނގަޅު ކަމަށެވެ. ނަމަވެސް "ޓެކްނިކަލީ" ފުޓުބޯޅަ ކުޅުމުގެ ހުނަރަށް ބަލާއިރު ރޮނާލްޑޯއަށް ވުރެ މެސީ މޮޅުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ