ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނަށް ހެޔޮ ބަދަލުތަކެއް މިއަދު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - އެ ބަދަލުތައް އާންމުކުރީ ބީއެމްއެލް އިސްލާމިކް ބިލްޑިންގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ތަފްސީލް - ބީއެމްއެލް އިން ގެނައި ބަދަލުތަކަކީ:
ހޯމް ޕާޗޭސް ފައިނޭންސިން (ގެދޮރު ގަތުމަށް):
މިހާރު ބިން، ގަރާޖު އަދި ޕާކިން ސްޕޭސް ގަނެވޭނެ
3 މިލިއަން ރުފިޔާއާ ހަމައަށް އަގުހުރި ޕްރޮޖެކްޓްތަކަށް އަމިއްލައަށް ކުރަން ޖެހޭ ހަރަދު %10އަށް ދަށްކުރުން
ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން (ގެދޮރު މަރާމާތްކުރުން):
އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
ލޯނު ނެގޭ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރުކުރުން
މަޝްރޫއުން ލިބޭ އާމްދަނީ މިހާރު ބަލައިގަތުން
ހޯމް ބިލްޑް ފައިނޭންސިން (ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް):
ލޯނު ނެގޭ އެންމެ މަތީ އަދަދު 2 މިލިއަން ރުފިޔާއަށް އިތުރުކުރުން
އަލަށް ލޯނު ނަގާ ފަރާތްތަކަށް ވެސް މި ލޯނަށް އެދި ހުށަހެޅޭނެ
ގިނަ މީހުންނަށް ފުރުސަތު ދިނުމަށް ލޯނަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދު ދަށްކުރުން
ބުނީ ކީކޭ؟ - "ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުގައި ހޯމް ފައިނޭންސިން ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް އިން. މިއަދު ގެނެވުނު ބަދަލާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާންމު ފަރުދުންނާއި އާއިލާތަކުގެ ތެރެއިން މިހާރަށް ވުރެ ގިނަ އަދަދެއްގެ ބަޔަކަށް ގެދޮވެރިންނަށް ވުމަށް ބޭނުންވާ ފައިނޭންސިން ހޯދުމަށް މަގުފަހިވެގެންދާނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
ގެދޮރު ގަތުމާއި އިމާރާތްކުރަން ދޭ ބީއެމްއެލްގެ ލޯނަށް ހެޔޮ ބަދަލުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ