ޤާސިމް އިބްރާހިމްގެ ހަޔާތްޕުޅާއި ބެހޭ ބައޮގްރަފީއެއް ނެރެފި

ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ހަޔާތްޕުޅާ ބެހޭ ބަޔޯގްރަފީ ނެރެފިއެވެ.
ވިލާ ކޮލެޖުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހިމެވެ.
މި ފޮތް ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ މުޙައްމަދު ޖަމީލެވެ. 700 އަށްވުރެ ގިނަ ސަފުހާގެ މައްޗަށް އެކުލެވިގެންވާ މި ފޮތަކީ ޖަމީލް ކުރިން ލިޔުއްވާފައިވާ ރައީސް މުޙައްމަދު އަމީނު އަދި ރައީސް މުޙައްމަދު ވަޙީދުގެ ބަޔޯގްރަފީތަކަށްފަހު ނެރުއްވާ ތިންވަނަ ބަޔޯގްރަފީއެވެ. 
ފޮތް ނެރުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖްގައި ބޭއްވުނު ޚާއްޞަ ހަފްލާއެއްގައެވެ. މި ހަފްލާގައި ފޮތުގެ އިތުރުން އޭގެ އޯޑިއޯ ވާޝަނާއި ފޮތަށް ޚާއްޞަ ވެބްސައިޓެއް އިފްތިތާޙުކުރުން ހިމެނެއެވެ. އަދި ޤާސިމްގެ ހަޔާތްޕުޅު ތަމްސީލުކޮށްދޭ ފޮޓޯ މައުރަޒެއްވެސް ވަނީ ހުޅުވާފަފައެވެ.
އާންމުންނަށް ހުޅުވާލެވިފައިވާ މި މައުރަޒު މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 10:30 އާ ހަމައަށް ކުރިއަށްދާނެއެވެ. މައުރަޒަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ޤާސިމް އިބްރާހީމްގެ ބަޔޯގްރަފީގެ ހިލޭ ކޮޕީއެއް ލިބޭނެއެވެ. ފޮތް ޗާޕުކޮށްފައިވަނީ ކުލަކޮށް، ހާޑްކަވަރ ބައިންޑިންގ އާއެކުގައެވެ. 
ޤާސިމް އިބްރާހީމްއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރެއިން އެކަކު އަދި އާންމުންނަށް އެހީތެރިވުމުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. މި ފޮތުން ޤާސިމްގެ ވިޔަފާރީގެ އަދި ސިޔާސީ ދާއިރާގެ ދާއިރާގެ ތަޖުރިބާތަކާއި ކާމިޔާބީތަކުގެ މަޢުލޫމާތު ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްޚިދުމަތްތަކުގެ ތެރޭގައި ވިލާ ކޮލެޖް މެދުވެރިކޮށް 2،000 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ