ފުރަތަމަ ކަމަކަށް ދެމަފިރިއަކު 3 ފަށްވުމަކީ ކުޑަކަމެއް ނޫނެވެ. ބައެއް މީހުން ވިސްނާ ނުލައި ތިބެ 3 ފަށްވާ އަނބިންނަށް ފުރައްސާރަކުރެއެވެ. އެމީހުންނަށް ނުއެނގޭ ކަމަކީ ފިރިމިހާވެސް 3 ފަށްވާ ކަމެވެ. 3 ފަށްވަނީ ދެމަފިރިން ކަމެވެ. އެހެނީ 3 ފަށްވުމަކީ ދެމަފިރިންގެ ކައިވެނި 3 ފަހަރު ރޫޅުމެވެ. ވީމާ މިއީ ފިރިމީހާ ނުވަތަ އަނބިމީހާ ކުށްވެރިކުރަންޖެހޭ ކަމެއް ނޫނެވެ. ކުށްކުރާ މީހާ ކުސްވެރިވާ ކަމެކެވެ. ދެމީހުން ކުށްކުރާނަމަ ދެމީހުންވެސް ކުށްވެރިވާނެއެވެ.
3 ފަށްވުމުން ލިބޭ އަދަބަކީ އަނބިމީހާ އިތުރު މީހަކާއި ކައިވެނިކޮށް އޭނާއާއިއެކުގައި ނުއުޅެވިގެން ވަރިވެއްޖެނަމަ ނޫނީ ކުރިގެ ފިރިމިހާ އާއި ކައިވެނި ނުކުރެވޭ ކަމެވެ. އެކަމުގެ ހިތްދަތިކަން އެދެމީހުންނަށްވެސް އޮންނާނެއެވެ.
އެހެން ފިރިހެނަކާއި ކައިވެނިކުރަނީ އަނބިމީހާ އެވެ. ފިރިމީހާ ދެކެ ލޯބިވާ އަންތބަކު އެކަންކުރާނީ ކަރުނައަލަމުންނެވެ. އަދި ފިރިމީހާއަކީ އަނބިމީހާދެކެ ލޯބިވާ މީހަކު ނަމަ އެ އަނބިމީހާ އެހެން ފިރިހެނަކާ ކައިވެނިކުރުމުން އެކަމަށް އޭނާވެސް ކަރުނައަޅާނެއެވެ.
ވީމާ ކޮންމެ ދެމަފިރިއަކަށްވެސް އޮތީ ފުރަތަމަ ކައިވެނިމަތީގައި އުޅެން މަސައްކަތްކުރުމެވެ. ޚާއްޞަކޮށް 3 ފަށް ނުވާނެ ގޮތަށް އުޅުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސްކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ދެމަފިރިއަކު 3 ފަހަރު ކައިވެނިރޫޅާލަން ނުވަތަ ވަރިކުރަން ޖެހިއްޖެނަމަ އެހެން ފިރިހެނަކާއި ކައިވެނިކޮށްގެން ދިރިއުޅުން އާރާސްތުކުރެވޭތޯ ބަލަން އޮންނަ ސަބަބާއިމެދު ބައެއް މީހުން ސުވާލުއުފައްދައެވެ.
އަދި ކައިވެނިކުރުމާއި ވަރިކުރުމާއި ގުޅިގެން އިސްލާމް ދީނުގައި ހުރި ޙުކުމްތަކަށް ބައެއް މީހުން ފާޑުކިޔައެވެ. ސުވާލުކުރެއެވެ! ހަޖޫވެސް ޖަހައެވެ! އެންމެ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރާ އެއް ކަމަކީ 3 ފަހަރު ވަރިކުރުމަށްފަހު އަންހެން މީހާއަށް އިތުރު ފިރިހެނެކާއި ކައިވެނިނުކޮށް 4 ވަނަ ފަހަރު ކުރީގެ ފިރިމީހާ އާއި ކައިވެނި ނުކުރެވޭތީއެވެ.
އިސްލާމް ދީނަކީ ވަރިކުރަންޖެހިއްޖެނަމަ އެކަންކުރުން މަނާކުރާ ދީނެއް ނޫނެވެ. އަދި ވަރިކުރިނަމަވެސް އަލުން ކައިވެނިކުރަން ނުވަތަ ރުޖޫޢަކުރަން ހިތްވަރުދޭ ދީނެކެވެ. ނަމަވެސް 3 ވަނަ ފަހަރަށް ވަރިކުރަން ޖެހިއްޖެނަމަ އެ އަންގައިދެނީ ދެމީހުންގެ މެދުގައި މައްސަލައެއް އުޅޭކަމެވެ.
ވީމާ އެހެން ފިރިހެނަކާއި ކައިވެނިކުރަން ދީނުގައި އެއޮތީ ކައިވެނި ކުރެވޭ މީހާއަކީ ކުރީގެ ފިރިމީހާއަށްވުރެ ތިބާއަށް ރަނގަޅު މީހަކުތޯ ބެލުމަށެވެ. ރަނގަޅުވެއްޖެނަމަ އުފަލުގައި އޭނާ އާއިއެކު ދިރިއުޅެންވީއެވެ. ރަނގަޅު ނޫން ކަމުގައި ވެއްޖެނަމަ އޭނާގެ ގާތުން ވަރިވެ ފުރަތަމަ ފިރިމީހާ އާއި އަލުން ކައިވެނިކުރަންވީއެވެ.
މިކަމުގެ ޙިކުމަތަކީ މިތަޖުރިބާއިން ދެމީހުންނަށްވެސް ފިލާވަޅުތަކެއް ލިބިގެންދާނެކަމެވެ. ކުރިން ޖެހުނު މައްސަލަތައް ޙައްލުކޮށް އެފަދަ މައްސަލަތައް ނުޖެހޭނެ ގޮތަށް އުޅެން ދަސްވާނެ ކަމެވެ. އަދި މައްސަލަ ޖެހުނު ނަމަވެސް ވަރިނުވެ އުޅެން ދަސްވާނެ ކަމެވެ.
ވީމާ އިސްލާމް ދީނުގައި އޮތް ކޮންމެ ކަމަކީ ވެސް މީސްތަކުންގެ ފައިދާއަށް އޮތް ކަމެކެވެ. މީސްތަކުންނަށް އެކަމަކުން ފައިދާކުރާނެ ކަމެކެވެ.
--މުފްތީ މެންކުގެ ދަރުސަކުން
ތިންފަށްވުމުން ހަމައެކަނި އަނބިމީހާގެ ބޮލުގަ ބަދުނާމު އެޅުވުމަކީ އިންޞާފެއް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ