ޕްރޮޖެކްޓް 37ގެ އަސްލު ނަން ހޯމަ ދުވަހު އިއުލާނުކުރަނީ
ޑާކްރެއިން އެންޓަޓެއިންމެންޓުން މިއަހަރު އެޅުވުމަށް ތައްޔާރުވާ އާ ފިލްމު ކަމަށްވާ "ޕްރޮޖެކްޓް 37"ގެ ރަސްމީ ނަން މި ފެށޭ ހަފުތާގައި އިއުލާނު ކުރުމަށް ނިންމައިފިއެވެ. ތަފާތު އެކި ކަހަލަ ޕްރޮޖެކްޓުތަކުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ޑާކްރެއިނުން ޕްރޮޖެކްޓް 37 އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ. މިއީ ޕްރޮޑަކްޝަނުން ނެރޭ އެކްޝަން ތުރިލާ ފިލްމެކެވެ. ރަސްމީ ނަމެއް ފިލްމަށް ދީފައި ނުވި ނަމަވެސް ފިލްމަށް ކޯޑު ނަމެއްގެ ގޮތުގައި ދީފައި ވަނީ ޕްރޮޖެކްޓް 37އެވެ. ފިލްމުގެ ން ފައިނަލް ކުރުމުގެ ކުރިން ފިލްމުގެ ޝޫޓިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލާފައެވެ. އެއަށްފަހު މިހާރު ކުރިއަށްދަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ. ޑާކްރެއިންއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމުގެ ރަސްމީ ނަން އިއުލާނު ކުރާށެވެ. ޑާކްރެއިން އިން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގެ ރަސްމީ ޓައިޓަލް އާންމު ކުރާނީ އަންނަ ހޯމަ ދުވަހުގައެވެ. މި ފިލްމަށް ކޯޑު ނަމެއްގެ ގޮތުގައި ޕްރޮޖެކްޓް 37 ކިޔަނީ މިއީ ޑާކްރެއިންގެ 37ވަނަ ޕްރޮޖެކްޓަށް ވުމުންނެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް އަންނަ ހޯމަ ދުވަހު ފިލްމު ރިލީޒްކުރާނެ ތާރީޚު ޱއިއުލާނު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު ޑައިރެކްޓުކުރި މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ. ޕްރޮޖެކްޓް 37ގެ ގިިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވެފައި ވަނީ ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ހިޓް ފިލްމު "ފުރޭތަ"ގެ މަސައްކަތް ވެސް ކޮށްފައިވާ ފަންނާނުންނެވެ. ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ފިލްމު "ފުރޭތަ"އަކީ ވެސް އެކްޝަން ތުރިލާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޝީލާ ނަޖީބާއި މޫސާ އަލީފާއިި، އަހުމަދު ޝާކިރު ފަދަ ތަރީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ