މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނުތާ ފަސް ގަޑިއިރު ފަހުން އަލުން ކަރަންޓު ހިދުމަތް ލިބެން ފަށައިފި އެވެ. 
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ 12:30 ހާއިރު އެވެ. އެންމެ ފުރަތަމަ ކަރަންޓު ދިނީ އެންމެ ހޮސްޕިޓަލްތަކަށެވެ. އޭރު ގަޑިން ގާތްގަނޑަކަށް 14:05 ވެއްޖެ އެވެ. 
އެއަށް ފަހު މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދެމުންދާ ކަމަށް ސްޓެލްކޯއިން ހާމަކުރި އެވެ. އެގޮތުން 16:30 ހާއިރު މާލެ ސިޓީގެ 60 ޕަސެންޓަށާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ހާމަކުރި އެވެ. 
މިހާރު އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މާލޭގެ ހުރިހާ ސަރަހައްދަކަށް ވަނީ ކަރަންޓު ދީފަ އެވެ. ކަރަންޓު ދިނުމަށް އެނަޖައިޒް ކުރެވިފައި ނުވަނީ ހުޅުމާލޭ ރުއްގަނޑު އެކެއްގައި ހުރި ޓްރާންސްފޯމަރެއް ކަމަށް ސްޓެލްކޯއިން ބުނެ އެވެ. 
އެ ޓްރާންސްފޯމަރު ހުރި ސަރަހައްދެއް ފިޔަވައި އެހެން ސަރަހައްދެއްގައި ހުރި ގެއެއްގައި ކަރަންޓު ނެތް ނަމަ އެ ކުންފުނީގެ އިމަޖެންސީ ނަންބަރ، 104 އަށް ގުޅަން ސްޓެލްކޯއިން ވަނީ އެދިފަ އެވެ.
މުޅި މާލެ އެއްކޮށް ބްލެކްއައުޓް ވާން މެދުވެރިވީ ކީއްވެގެން ކަމެއް މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް، އެއްވެސް އިންޖީނަކަށް ނުވަތަ ޓްރާންސްފޯމަރަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެ އެވެ. 
މި މައްސަލައާ ގުޅިގެން ހާއްސަ ތަހުގީގެއް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު އެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން މިއަދު މެންދުރު ހާމަކުރި އެވެ. ނަމަވެސް، ތަހުގީގުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް އާންމުކޮށްފައި ނުވެ އެވެ.
    
    ފަސް ގަޑިއިރު ފަހުން މާލެއަށް ކަރަންޓު ދީފި ފަސް ގަޑިއިރު ފަހުން މާލެއަށް ކަރަންޓު ދީފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ