މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނާއެކު ވަނީ އެ މަގާމަށް ކުރިމަތިލާ މީހެއްގެ ގައިގައި ހުންނާންޖެހޭ ޝަރުތުތަކާއި އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދި މަގާމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތީގެ ތަފުސީލު އާންމުކޮށްފަ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖޫން 23، ވާ ހޯމަ ދުވަހުގެ މެންދުރު 1:00 އެވެ.
ބްރޯޑްކޮމްގެ އެސްޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ޒީނިޔާ މެއި 25، ގައި އެ މަގާމުން ވަކިކުރުމުންނެވެ. އޭނާ އެ މަގާމުން ވަކިކުރީ ބްރޯޑްކޮމްގެ ކޮމިޝަނަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
އެސްޖީގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް އެ ޕެޓިޝަނުގައި ތުހުމަތުކޮށްފައިވެ އެވެ.
ސަބަބެއް ބަޔާން ކުރުމެއް ނެތި ޒީނިޔާ ސަސްޕެންޑު ކުރުމާ ގުޅިގެން ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމަށްފަހު ބްރޯޑްކޮމްގެ މުވައްޒަފުން ގެއަށް ވެސް ދިޔަ އެވެ. އެއަށްފަހު އެ ކޮމިޝަނުގެ އައިޓީ އޮފިސަރު، އަހުމަދު ފަޒީލް ވެސް ސަސްޕެންޑުކުރި އެވެ.
ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ