މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއިން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން އިން ބުނީ ކަރަންޓު ކެނޑުނީ ކީއްވެކަން ދަނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ވީހާ އަވަހަކަށް އަލުން ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ކަރަންޓުގެ ހިދުަމަތް ވަނީ މެދުކެނޑިފައި. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
މުޅި މާލެއިން ކަރަންޓު ކެނޑުނުއިރު، މިއީ ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށެވެ. މާލޭގައި މަދުވެގެން 211,908 މީހުން ދިރިއުޅެ އެވެ. އެއީ ދިވެހިރާއްޖޭގެ އާބާދީގެ 42 ޕަސެންޓު މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ