ގޯއްޗާއި ފްލެޓު ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރި މައްސަލާގައި ސަސްޕެންޑު ކުރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލާގައި ސަސްޕެންޑު ކުރި 15 މީހުންގެ ތެރެއިން މައްސަލަ ބެލުމަށް ފަހު މައްސަލައެއް ފާހަގަނުވާ މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ.
ތަފްސީލް - އުސޫލުން ބޭރުން ހުޅުމާލޭން ބިމާއި ފްލެޓު ދޫކުރި މައްސަލާގައި 15 މުވައްޒަފަކު ވަކި ކުރުމަށް ފަހު، އެޗްޑީސީން ވަނީ ފަހުން އެ މީހުންގެ ވަޒީފާ އިއާދަކޮށް، ވަޒީފާ އިން ސަސްޕެންޑު ކޮށްފަ އެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ:
ސަސްޕެންޑު ކުރި މީހުންގެ ތެރެއިން ޗީފް ބިޒްނަސް އޮފިސަރު އަހުމަދު ޔާމީންގެ ކޮންޓްރެކްޓު އާނުކޮށް އޭނާ މަގާމުން ވަކިކޮށްފައިވޭ
ސަސްޕެންޝަން އުވާނުލާ އަދި ގާތްގަނޑަކަށް ހަތަރު މުވައްޒަފުން އެބަތިބި؛ އޭގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދު ވެސް ހިމެނޭ
އެނގުން މުހިންމު - 'ބިންވެރިޔާ' ސްކީމުގެ ދަށުން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެއަށް ހުޅުމާލޭން ބިމެއް ދިން ކަމަށް ބުނާ މައްސަލައާ އެކު، އެ ތަނުން ނުއަގުގައި ބިންތަކެއް ވިއްކުމާއި ވިނަރެސް ފްލެޓު ދިނުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ފަޒުލް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުއްޓައި ފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެޗްޑީސީން ސަސްޕެންޑު ކުރި ބައެއް މުވައްޒަފުންގެ ވަޒީފާ އިއާދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ