ރައްޔިތުންގެ ހައްގުތަކެއް ސަރުކާރުން ގެއްލުވައިލުމުންވެސް އެޗްއާރުސީއެމްއިން ކަމެއް ނުކުރާތީ ފައްޔާޒުގެ ފާޑުކިޔުން ރައްޔިތުންގެ ހައްގުތަކެއް ސަރުކާރުން ގެއްލުވައިލުމުންވެސް އެޗްއާރުސީއެމްއިން ކަމެއް ނުކުރާތީ ފައްޔާޒުގެ ފާޑުކިޔުން

ރައްޔިތުންގެ ހައްގުތަކެއް ސަރުކާރުން ގެއްލުވައިލުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަމެއް ނުކުރާތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ފާޑުކިޔުން އެ ކޮމިޝަނަށް އަމާޒުވެއްޖެ އެވެ.
ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުއްލިއަކަށް ވޭޕް މަނާކުރުމުން، ކިތަންމެ ކުދި ވިޔަފާރިއެއް ހުއްޓި، އެތައް ބަޔަކު ދަރަނިވެރިވެ، އާއިލާތަކެއް މަގުމަތިވެ ބިކަވެފައިވާ ކަމަށެވެ.
"ސަރުކާރުން ވިޔަފާރި ހުއްޓުވިޔަސް، ސަޕްލަޔަރުންނަށް ފައިސާ ދައްކަންޖެހޭނެ. އެ ވިޔަފާރިއަށް ނެގި ލޯނު ދައްކަން އެބަޖެހޭ. އެ މީހުންގެ ވެސް ޅަދަރިން އެބަތިބި. އެ ކުދިންގެ ހައްގު ނެތީބާ. އެޗްއާރްސީއެމަށް އެކަން ބޮޑެއް ނުވި،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އަނބިދަރިން ކުރާ ކަންކަމާ ގުޅިގެން، ގޭތެރެއިން އެކަން ހައްލުނުކޮށް، ބާރު އޮތީތީ ކުއްލި ސިޔާސަތުތައް ގެނެސް، މުޅި ގައުމާއި ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރުކުރާ ކަހަލަ ކަންކަން ކުރަންޏާ އެ ސިޔާސަތާ ރައްޔިތުން ނުރުހޭނެ ކަމަށެވެ.
އެގޮތުން ސިޔާސަތު ހަދާ މީހުންނާ މެދު ބަސް ބުނެ، ވެރިން ހުތުރުކޮށް ކަން ކުރުމުން އެ ވާހަކަ ދައްކާއިރު ރީއްޗަށް ނުވެސް ދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައްޔާޒް މިގޮތަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި ރާއްޖޭގެ ރަސްކަމެއް ހިންގުމަށް އެޗްއާރްސީއެމް އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަގުފަހިކޮށްދެމުންދާ ކަމަށް އެމްޑީޕީން ބުނެފައިވަނިކޮށެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ މުސްތަގިއްލު ކޮމިޝަންތަކުގައި ތިއްބެވި މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބަދަލުގައި އަމިއްލަ މަގާމު ދިފާއު ކުރުމުގެ ވިސްނުމުގައި 24 ގަޑިއިރު ތިއްބަވާ ބޭކާރު ބަޔަކަށްވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ