ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ މައްސަލަތައް ބަލާ ފިޔަވަޅު އަޅަން ޖެހޭ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިހަކަށް ރޭ އޮތް މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު، ރައީސް މުއިއްޒުގެ ދަރިކަލުންނާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދެއްކެވުމާއި ގުޅިގެންނެވެ.
އެކަން ކުށްވެރިކުރައްވާ އަބްދުއްރަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވައިލައްވާ ކަމަށެވެ.
Advertisement
ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމުން ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ސިޔާސީ ކަންކަމުގެ ތެރެއަށް މައުސޫމް ކުޑަކުދީންގެ ނަން ގެނެސް އެކުދީންގެ ކަރާމާތަށް އަރައިގަތުން ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންނާއި އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ކުށްވެރި ކުރަމުންނެވެ.
ކުދީންގެ ހައްގުތަކަށް އަރައިގަންނަ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަަޅަން ޖެހޭ: މަޖިލީހުގެ ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ