މިކަން އިފޮޕްކާގެ އެގްޒެކެޓިވް ބޯޑަށް ހުށަހެޅުއްވީ އިފޮޕްކާގެ ހިންގާ ކޮމެޓީއަށް މަސީއިން ކަޑައަޅާފައިވާ މެންބަރު އައިޝާ ނޫރައިން ޖަނާހެވެ.
އިމާރާތް ކުރުމުގެ ދާއިރާގައި އެންމެ ބޮޑު އެއްވުން ކަމަށްވާ އިންޓަނޭޝަނަލް ފެޑޭރޭޝަން އޮފް އޭޝިއަން އެންޑްވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގައި "އިމާޖިން ޔަންގް ލީޑާސް އެވޯޑް" ގެ ނަމުގައި އިނާމެއް ދިނުމަށް މަސީގެ ރައީސް، މުހައްމަދު އަލީ ޖަނާހުގެ "ޖަނާހު ފައުންޑޭޝަން" އިން ނިންމައިފި އެވެ.
ކުރީގެ މަސީ އަދި މިހާރުގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބުނި ގޮތުގައި، މި އެވޯޑަކީ އިފޮޕްކާގައި ރާއްޖެއިން އިސްނަގައިގެން ކުރިއަށް ގެންދާ "އިމާޖިން ޔަންގް ލީޑާސް" ޕްރޮގްރާމް އިތުރަށް ފުރިހަމަ ކުރުމަށާއި، ސަރަހައްދުގެ ޒުވާނުން ކޮންސްޓްރަކްޝަން ދާއިރާގައި ޝާމިލްވާ މިންވަރު އިތުރުކުރުމަށް ދޭން ނިންމި އެވޯޑެއް ކަމަށެވެ.މިކަން އިފޮޕްކާގެ އެގްޒެކެޓިވް ބޯޑަށް ހުށަހެޅުއްވީ އިފޮޕްކާގެ ހިންގާ ކޮމެޓީއަށް މަސީއިން ކަޑައަޅާފައިވާ މެންބަރު އައިޝާ ނޫރައިން ޖަނާހެވެ. "އިމާޖިން ޔަންގް ލީޑާސް" ހަރަކާތަކީ އެމްއެންއޭސީއައި އިން ބުނިގޮތުގައި ކޮންސްޓްރަކްޝަން ދާއިރާގެ ހިދުމަތްތަކަށް ނުކުންނަ ޒުވާނުން އިތުރު ކުރުމަށް އެދާއިރާގެ ކުންފުނިތައް ހިންގުމުގެ އެންމެ އިސް މަގާމްތަކަށް ނުކުންނަށް ޒިވާން ޖީލުތަކަށް ތަރުހީބު ހޯދައިދިނުމަށާއި، ދާއިރާގެ ހިންގުން ހަރުދަނާ ކުރުމަށް ޖަނާހު އިސްނެންގެވި ހަރަކާތެއް ކަމަށެވެ.މި ހަރަކާތްތައް އޭޝިއާ ޕެސިފިކްގެ ގައުމުތަކުންނާއި އަދި ޔޫރަޕާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަން ވެސް އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިފޮޕްކާގައި ކޮންސްޓްރަކްޝަން ދާއިރާގެ ޒުވާން ލީޑަރުންނަށް ހާއްސަ އެވޯޑެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ