ފައިނު އެއާޕޯޓު ތަރައްގީކުރަން އެމްއޭސީއެލުން އެމްޓީސީސީއާ ހަވާލުކޮށްފި
ރ. ފައިނުގައި އެއާޕޯޓް އަޅަން އެމްޓީސީސީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.އެއާޕޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހެނދުނު އޮތް ހަފްލާއެއްގައެވެ. އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.މި ހަފްލާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.ފައިނުގައި އެއާޕޯޓު އެޅުމަށް ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ. އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އޮގަސްޓް 30، 2023 ގައި ފައިނަށް ވަޑައިގެން އެ ރަށުގައި އެއާޕޯޓެއް އެޅުމާއެކު، ގިނަ ކަންތައްތަކެއް ކުރެއްވުމަށް ވައުދުވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ