ޒުވާން ކްރިކެޓް ޓީމް މެލޭޝިއާ އަށް ފުރައިފި

ސީސީ 16 އަހަރުން ދަށުގެ ފިރިހެން އީސްޓް ޒޯން ކަޕްގައި ވާދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމް މެލޭޝިއާ އަށް ފުރައިފަ އެވެ.
އެ ޓީމުގެ ޅުންތެރިންނަށް ޖާޒީ އިއްޔެ ޖާޒީ ހަވާލުކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެެވެ. އެ ރަސްމިއްޔާތުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ސީބީއެމް) ގެ އިސްވެރިން ވެސް ބައިވެރިވެވަޑަައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ސީބީއެމްގެ ރައީސް ފައިސަލް ވިދާޅުވީ، ރާއްޖޭގެ ކްރިކެޓްގެ ފެންވަރު މަތިކުރުމުގެ ގޮތުން ޒުވާނުންގެ ތަރައްގީގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ މުހިންމު ކަމަށެވެ. އެގޮތުން އޭނަ ވަނީ ޖޫނިއާ އެތުލީޓުން ކުރިއަރުވައި މުބާރާތްތަކުގައި ވާދަކުރުމަށް ބޭނުންވާ އެހީތެރިކަން ހުރިހާ އެންމެންގެ ފަރާތުން ބޭނުންވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
View this post on Instagram
A post shared by Ministry of Sports, Fitness & Recreation (@mosfrmv)
މި މުބާރާތުގައި ވާދަކުރަނީ 10 ގައުމެކެވެ. ރާއްޖެ ވާދަކުރާ ގްރޫޕްގައި ހިމެނެނީ މެލޭޝިއާ، ހޮންކޮންގް ޗައިނާ، ތައިލެންޑް، އަދި މިޔަންމާއާ އެކުގަ އެވެ.
ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ