މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު ހުޅުމާލެއިން 60 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު ހުޅުމާލެއިން ހައްޔަރުކުރީ ހ. މެޑޯސްވީޓް އުމުރުން 60 އަހަރުގެ އަޙްމަދު ޢަފީފް ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ކަމަށް ވިދާޅުވިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ވާގޮތުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުނެވެ. އެއާއެކު އޭނާ ހުއްޓުވައި އޭނާ ހުރިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޑްރަގްސް ފެނުނު ބޭރު ބޯޓުގެ ކެޕްޓަންގެ ބަންދަށް އިތުރު 15 ދުވަސް ބަނގުރަލުގެ ވިޔަފާރިކުރުމުގެ ތުހުމަތުވާ ބިދޭސީއަކު ޑީޕޯޓުކުރަނީ މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކުޅުދުއްފުށީ ދެ މީހަކު ހައްޔަރުކޮށްފި ގަވާއިދާ ހިލާފަށް ސަފާރީއަކަށް އެރުވި ބަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ