ގައްސާން މައުމޫން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ގައްސާން މައުމޫން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފިއެވެ.
ގައްސާން މީގެ ކުރިން ހުންނެވީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
މި ބަދަލު ގެނެސްފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު ތިއްބަވާއިރު، އެއީ މުހައްމަދު ހުސެން ޝަރީފާއި އަބްދުﷲ އަމީންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ