އެކަށީގެންވާ ވަސީލަތްތައް ނެތުމުން މޫސުން ކުރިއަށް ލަފާކުރުމުގައި ގޮންޖެހުންތައް ކުރިމަތިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ރޭ ޓީވީއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ މޫސުން ލަފާ ކުރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތުމުންގެ ސަބަބުން އެމަސައްކަތް ކުރުމަށް ބޮޑަށް ބިނާ ވެފައި އޮންނަނީ ސެޓަލައިޓު މެދުވެރިކޮށް ލިބޭ މައުލޫމާތަށް ކަމަށާއި، އެކަށީގެންވާ ވަސީލަތްތައް ނެތުމުން ފުދޭވަރެއްގެ ބޮޑު ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މޫސުން ލަފާ ކުރުމަށް އެކި ލެވަލް ތަކުގެ ވައިގެ މިންވަރު ބަލަން ހަދައި އޮބްޒަވޭޝަނަކީ އަގު ބޮޑު މަސައްކަތެއް ކަމަށާއި މިހާރު ރާއްޖޭގައި އެ އޮބްޒަވޭޝަން ހެދެން ހުންނަނީ ހަމައެކަނި އައްޑު އަތޮޅުގައި ކަމަށާއި، މިއީވެސް މޫސުން ކުރިއަށް ލަފާކުރަން ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މީގެ ތިން ނިޒާމު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ވާރޭ ވެހެން ހުރި މިންގަނޑު ދެނެގަތުމަށް ރާއްޖޭގައި ހުރީ އެންމެ ނިޒާމެއް ކަމަށާއި، އޭގެވެސް މަދުވެގެން ދެ ނިޒާމް ބޭނުންވާ ކަމަށެވެ.
ރާއްޖޭގެ ރައްތައް ހުންނަ ގޮތުން ބައެއް ފަހަރު އަންނަ ވިލާގަނޑުގެ ބޮޑުމިން ރަށަކަށް ވުރެ ވެސް ބޮޑު ކަމަށާއި، އެހެންވުމުގެ ސަބަބުން، އަންނަ ވިލާގަނޑުން ކަނޑަށްވެސް ވާރެވެހުމަކީ އެކަށީގެންވާ ކަމެއްކަމުގައި އޭނާވިދާޅުވިއެވެ.
"ސީދާ ކިހާ ހިސާބެއްކަން ލަފާ ކުރަން ދަތި ވަނީ އެހެންވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އަޅުގަނޑުމެން މޫސުން ލަފާ ކުރެވޭގޮތް ގޯހޭ"
އެކަށީގެންވާ ވަސީލަތްތައް ނެތުމުން މޫސުން ކުރިއަށް ލަފާކުރަން ދަތިތަކާ ކުރިމަތިވޭ - މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ