މެދު ރާއްޖެތެރެއަށް މިއަދު މޫސުން ގޯސް ވާނެ

ގަދަ ވަޔާއެކު ވިއްސާރަ ވެހޭނެކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވިސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ ވައިޓް އެލާޓް ނެެރެފައިވާއިރު އެ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ މީގެ ކުރިން ބުނެފައެވެ.
މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ ވިލާގަނޑުގައި ގަޑިއިރެއްގައި 45 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އެހެން ކަމުން ވިލާގަނޑުގައި ކަނޑު އިތުރަށް ގަދަވާނެއެވެ.
ވައިޓް އެލާޓް ނެރުނު ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމާއި ވިދުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން އެ ސަރަހައްދުތަކުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދުގެ 0945 އިން ފެށިގެން 1540ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ