ޔޫއެންއޯޑީސީން ހަދިޔާ ކުރި ޑްރަގް ޓެސްޓް ކިޓްތައް ހަވާލުކޮށްފި

އެންޑީއޭއިން މައުލޫމާތުދީފައިވާ ގޮތުގައި، މި ޓެސްޓް ކިޓުތަކަކީ އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ކިޓުތަކެކެވެ. މި ކިޓުތަކުގެ ސަބަބުން ވަގުތު ސަލާމަތްވެ، ސައްޙަ ނަތީޖާ ލިބުމުގެ އިތުރުން، އެ ނަތީޖާތަކަކީ ގާނޫނީ ގޮތުން ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ތަކެތި ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.
މި ޓެސްޓް ކިޓުތަކަކީ އާންމުކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތެއް ވަގުތުން ޓެސްޓްކޮށް ދެނެގަނެވޭނެހެން ތައްޔާރުކޮށްފައިވާ ވަސީލަތްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ