ކުޅުދުއްފުށީގައި ރުކަކުން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

ކުޅުދުއްފުށީގައި ރުކަކުން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ކުޅުދުއްފުށީ ހިރަފުސް ދަނޑުގެ އިރުމަތި ފަރާތުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓި އަނިޔާ ލިބިފައިވަނީ ހދ ނޭކުރެންދޫއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނަކަށެވެ.
މިއަދު މެންދުރުފަހު ގާތްގަނޑަކަށް 3 ޖަހާއެހާއިރު ހިނގި މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ވަރަށް ދެރަކަމަށާއި އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ތަފްސީލް އަންނަނީ--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ