މަނަދޫ ކަރަންޓް ހާލަތާމެދު އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ނ. މަނަދޫ ކަރަންޓުގެ ހާލަތާއި މެދު، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، މަނަދޫގައި މިވަގުތު ކަރަންޓުގެ ހާލަތާއި މެދު ބޮޑު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރާކަމަށާއި، އެ ރަށުގެ ކަރަންޓުގެ މިއަދުގެ ހާލަތަށް ބަލާއިރު ކަރަންޓު ދެމުން ގެންދަނީ ދެ އިންޖީނު ބޭނުންކޮށްގެން ކަމަށް ބުނެފައެވެ. އަދި އެއީ 400 ކިލޯވޯޓްގެ އިންޖީނަކާއި އަދި 260 ކިލޯވޯޓްގެ އިންޖީނެއްކަމަށް އެ ބަޔާނުގައިވެއެވެ.
"ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރަމުންދިޔަ 260 ކިލޯވޯޓްގެ އިންޖީނުގެ ޓާބޯ ހަލާކުވުމުގެ ސަބަބުން މިހާރު ބޭނުން ނުކުރެވޭ، އެ އިންޖީން މަރާމާތްކުރުމަށްޓަަކައި ފެނަކަ ކޯޕަރޭޝަން މަނަދޫ ބްރާންޗްއިން މަސައްކަރް ކުރައްވަމުން ދާކަން ފާހަގަކުރަން.  މިހާރު ކަރަންޓު ދެމުންދާ ދެ އިންޖީނު މެދުކެނޑުމެއްނެތި ހިންގާފައި ހުންނަތާ ހަތަރު މަސްދުވަސް ވަނީ،" އެ ބަޔާނުގައިވެއެވެ.
މިހާރަކަށް އައިސް ގިނަ ދުވަސްތަކުގައި ކަރަންޓް ކަނޑައިގެންދާކަން ފާހަގަ ކުރާކަމަށާއި، މިވަގުތު އެމެޖެންސީ ހާލަތުގައި ކަރަންޓް ދެވޭނޭ އެއްވެސް ގޮތެއް މަނަދޫގައި ގާއިމްވެފައި ނެތްކަމަށްވެސް އެބަޔާނުގައިވެއެވެ.
"އެކަށިގެންވާ ވަރަށް ރަނގަޅަކަށް ކަރަންޓް ދެމުންނުދާކަންވެސް ފާހަގަކުރަން. ހަލާކުވެފައިވާ އިންޖީނު މަރާމަތްކުރުމަށް ބޭނުންވާ ޓާބޯއަށް ފެނަކަ ކޮޕަރޭޝަން މަނަދޫ ބްރާންޗްއިން ރިކުއެސްޓްކޮށްްފައިވާއިރު، ނ އަތޮޅު ރަށެއްގެ ބްރާންޗުގައި ހުރި ކޮންޑިޝަން ރަނގަޅު މިވަގުތު ބޭނުންކުރަމުން ނުދާ އިންޖީނެއްގައި ޓާބޯއެއް ހުރިކަން ވަނީ އެނގިފައި، ނަމަވެސް އެ ޓާބޯ ހޯދުމަށް އެދުމުން، އެ ދޫކުރެވުން ނެތްކަމަށް އެ ބްރާންޗުންވަނީ އަންގާފައި،" އެ ބަޔާނުގައިވެެއެވެ.
އިތުރަށް އެ ބަޔާނުގައި ވަނީ ނ. މަނަދޫ ރައްޔިތުންނަށް އެކަށީގެންވާ ވަަރަށް ކަރަންޓު ނުދެވޭއިރު، މަނަދޫ ކަރަންޓްގެ ހާލަތު މިހައި ދަށުގައި ވަނިކޮށް މިފަދަ ގޮތަކަށް އަމަލުކުރުމަކީ އިންސާފްވެރިގޮތެއް ނޫންކަމަށާއި، އަތޮޅުގެ އެހެން ރަށްރަށުން މިފަދަ ހާލަތްތަކުަގައި އެކަންކަން ބޮލާލާ ޖެހުމުގެ އިހްތިޔާރެއް އޮތުން މިއީ އުފެދޭ ސުވާލެއްކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެހެންކަމުން މަނަދޫ ކަރަންޓަށް ދިމާވެފައިވާ މި މައްސަލަތައް ހައްލުކުރުމުގެ ފުރިހަމަ ޒިންމާ ފެނަކަ ނ. އަތޮޅު ރީޖަނަލް އޮފީހުންނާއި، ފެނަކަ ކޯޕަރޭޝަން ހެޑް އޮފީހުން ނަންގަވާ، ވީ އެންމެ އަވަހަކަށް މި މައްސަަލަ ހައްލުކޮށްދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. އަދި މަނަދު ކަރަންޓް ހާލަތު ރަނގަޅުކުުރުމަށް ކުރަންޖެހޭ މަސައްކްތްކުުރުމުގައި ނ.އަތޮޅު ރީޖަނަލް އޮފީހުން ނަގަންޖެހޭ ޒިންމާ ނަގަމުންނުދާކަން ފާހަގަކުރާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ