ހިޔާ މަޝްރޫޢުގެ ލޯނު ދައްކަން ޖެހޭނީ ރައްޔިތުންގެ ފައިސާއަކުން ނޫން: އާންމުންގެ ޖަމުޢިއްޔާ

ހިޔާ ފުލެޓުތަކަކީ އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތް ކޮށްފައިވާ ފުލެޓުތަކެއް ކަމަށާއި، އެ ފުލެޓުތައް އަޅަން ނެގި ލޯނަށް ފައިސާ ދައްކަން ޖެހޭނީ ރައްޔިތުންގެ އަތުން އެ ފައިސާ ނަގައިގެން ނޫންކަމަށް އާންމުންގެ ޖަމުޢިއްޔާ އިން ބުނެފިއެވެ.
ހިޔާ ފުލެޓުތަކުގެ މަހު ކުއްޔަކީ 7500 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވުމުން އާންމުންގެ ޖަމުޢިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފުލެޓުތަކަކީ ވިޔަފާރި މަޝްރޫޢެއް ނޫން ކަމަށެވެ.
އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ލޯނު ދައްކަން ޖެހެނީ އާންމުން އަތުން އެލާރި ނަގައިގެނެއް ނޫން ކަމަށާއި އިޖުތިމާޢީ ބޯހިޔާވަކިމުގެ އަސާސަކީވެސް ވިޔަފާރި އުސޫލުން ބޭރުން، ސަރުކާރަކުން ރައްޔިތުންނަށް ދޭ ޚިދުމަތެއް ގޮތުގައި ބޯހިޔާވަހިކަމުގެ ކަންތައް ކުރުން ކަމަށް އެޖަމުޢިއްޔާ އިން ބުންޏެވެ.
އާންމުންގެ ޖަމުޢިއްޔާ އިން ބުނީ ސަރުކާރުގެ ޒިންމާ އަކީ ކޭޝް ފްލޯ މެނޭޖު ކުރާނެ ހުނަރުވެރި ގޮތްތައް ހޯދައި، އެމަގުން އެކަންކޮށް، އާންމު މީހާއަށް ވީހާވެސް ކުޑައަގެއް ގައި ދިނުމެވެ.
އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ މާނައަކީވެސް އެއީ ކަމަށާއި، އަލަށް އަންނަ ސަރުކާރެއްގެ ޒިންމާ އަކީ އަދި "ޗެލެންޖަކީވެސް" ކުރީ ސަރުކާރުތަކަށް ވުރެ ހެޔޮ އަގުގައި ދިނުން ކަމަށް ޖަމުޢިއްޔާއިން ބުންޏެވެ.
ޑައުންޕޭމަންޓު ދައްކައިފިއްޔާ 7،500 އަށްވުރެ ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވުމަށްފަހު އެކަމުގެ ތަފުސީލު ދެއްވާފައި ނުވާތީ އާންމުންގެ ޖަމުޢިއްޔާ އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖަމުޢިއްޔާ އިން ބުނީ 15-25 އަހަރުގެ މުއްދަތަކަށް ދައްކާ އަދަދެއް ޑައުންޕޭމަންޓުން އާންމުކޮށް ކުޑަވާނީ އެ ޑައުންޕޭމަންޓުގެ އަދަދު ބޮޑުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ