ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތުން 29 މިލިއަން ރުފިޔާ ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މައުމޫންގެ ކިބައިން 29 މިލިއަން ރުފިޔާ ހޯދަން ޖާބިރު ދަައުވާ ކުރެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޖާބިރު އަތުން މައުމޫން 29 މިލިއަން ރުފިޔާ ހޯއްދެވި ކަމަށް ބުނެ އެވެ. އެ ފައިސާ ހަވާލު ކުރެއްވީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނަށް ކަމަށް ޖާބިރު ކުރިން ވިދާޅުވެފައިވެ އެވެ.
އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ދެންމެ އެވެ.
މައުމޫން އަތުން 29 މިލިއަން ހޯދަން ޖާބިރު ކުރި ދައުވާ ކާމިޔާބެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ