މާލެ ސަރަހައްދުގައި ހަވީރު 4 އިން ފަތިހު 4 އަށް، ހަފްތާއަކަށް ކާފިއު ހިންގަނީ

21 މެއި 2021 ވާ ބުދަދުވަހުން ފެށިގެން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ބޭރަށް ނުކުމެއުޅުން އެއް ހަފްތާއަށް މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ހަވީރު އާންމުކުރި މެސެޖުގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 12 މެއި އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލޭގައި ހަވީރު 4:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުންވެސް އެއް ހަފްތާގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުން ހިމެނެއެވެ.
ނަމަވެސް، ޑެލިވަރީ އަދި ޓޭކްއަވޭ ޚިދުމަތް ދެވޭނެ ކަމަށާއި، ޕޮލިސް ޕަރމިޓާއެކު މެންދަަމު 12 އާއި ހަމަޔަށް ޑެލިވަރީ ޚިދުމަތުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މިފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށްވެސް އަންގާފައި ވެއެވެ.
މި ގައިޑްލައިންތަކާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދުކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މީގެ އިތުރުން، މާދަމާއިން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ