މާލޭގެ ބޮޑު ބަޔަކުން މިއަދު ހަވީރު ފެށިގެން ކަރަންޓް ގޮސްފައިވާއިރު ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓް ދެވިއްޖެކަމަށް މާލެއަށް ކަރަންޓްގެ ހިދުމަތްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓް ދެވިފައިވާ ކަމުގައެވެ. ނަމަވެސް މާލެއިން ކަރަންޓް ކެނޑުނު ސަބަބެއް އެކުންފުނިން ނުބުނެއެވެ.Power has been restored to all affected areas.— STELCO (@STELCOMALDIVES) September 22, 2017މާލެއިން ހަވީރު ކަރަންޓް ކެނޑި ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ބައެއް ސަރަހައްދު ތަކަށް ކަރަންޓްގެ ހިދުމަތް ނުލިބި ލަސްވެގެން ގޮސްފައި ވެއެވެ.
މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުން ފަހަކަށް އައިސްވަނީ އާއްމު ވެފައެވެ.
ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓް ދެވިއްޖެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ