މާލެއަށް ކަރަންޓުގެ ޚިދުމަތް ލިބޭނީ 6 ގަޑި އިރު ފަހުން ކަމަށް ސްޓެލްކޯ އިން ބުނެފި

މާލޭގެ ބައެއް ހިސާބުތަކަށް މިއަދު މެންދުރު 13:30 ހާއިރުން ފަށައިގެން ކަރަންޓުގެ ޚިދުމަތް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މަޢުލޫމާތު ދިން ގޮތުގައި މިހެން ދިމާވެފައި މިވަނީ ކަަރަންޓު ބޭުން ކުރެވޭ މިންވަރު އިތުރުވުމުގެ ސަބަބުން 2001 ވަނަ އަހަރު ބެހެއްޓުނު 66 ނަންބަރުގެ ސަބްސްޓޭޝަންގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އަދި މިމައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތް ދެވޭ ވަރު ވާނީ 6 ގަޑި އިރު ފަހުން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
މިކަން ހާމަކޮށް ސްޓެލްކޯގެ ފަރާތުން ނެރުނު ބަޔާނެއްގައި އެކުންފުނިން ވަނީ ކަރަންޓު ދިޔަ ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ