ކޮންމެ ހުދުމުޚުތާރު ވެރިކަމެއް ނިމިގެންދަނީ ހިތިކޮށް،އެއީ ތާރީޚުން ދަސްވި ފިލާވަޅު: ރައީސް މައުމޫން

ހުދުމުޚުތާރު ކޮންމެ ވެރިކަމެއް ނިމިގެންދާނީ ހިތިކޮށް ކަމަށާއި އެއީ ތާރީޚު ދަސްކޮށްދީފައިވާ ފިލާވަޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރައީސް މައުމޫން މިގޮތަށް ޓްވީޓް ކުރެއްވީ އެ މަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓާއި އޭނާގެ ތަކެތި ބަލައި ފާސްކުރުމަށް ފުލުހުން ހަރަކާތްތެރިވާން ފެށުމާ ގުޅިގެންނެވެ. 
All dictatorships are doomed to fail. That is the lesson of history!
މައުމޫން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ފާރިސް އަށް ﷲ ކެތްތެރިކަން ދެއްވާނެ ކަމަށެވެ. މޯލްޑިވްސް ޕޮލިސް ސާވިސް ޓެގްކުރައްވައި ރައީސް މައުމޫން ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ފިލުހުން ފާރިސްގެ ގޭގައި ހަރަކާތްތެރިވާ ކަމަށާއި ފާރިސްއަށް ކެތްތެރިކަން ދެއްވާނެކަމަށެވެ. އަދި އަބަދުވެސް ކާމިޔާބު ލިބޭނީ ރައްޔިތުންނަށް ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ
@PoliceMv at @afarismaumoon home. Insha Allah Faris will be strong. The people will always be victorious!
.
ފާރިސް ދިރިއުޅުއްވާ މ ސްނޯރޯސްގޭ ހަ ވަނަ ފަންގިފިލާގައި ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެފައިވަނީ ރޭ ކްރިމިނަލް ކޯޓުން ދީފައިވާ އަމުރެއްގެ ދަށުން މިއަދު 9:00 ހާއިރު އެވެ.  ކޯޓު  އަމުރުގައި ވާގޮތުން މިއަދު ހެނދުނު 6:00 އިން ފެށިގެން އިރު އޮއްސި 6:00 އަށް ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލާފާސްކުރުމަށް ކޯޓުންވަނީ އަމުރު ދީފައެވެ.
ފާރިސްގެ އެޕާޓްމެންޓް ޗެކްކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މެމްބަރުންނަށް އޭނާ ރިޝްވަތު ހުށަހެޅި ކަމުގެ ތުހްމަތުގަ އެވެ. 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ