މެދު ރާއްޖެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާބެހޭ ގައުމީ އިދާރާއިން(މެޓް) ވައިޓް އެލާޓު ނެރެފިއެވެ.
އެލާޓު ނެރެފައި ވަނީ މިއަދު 11:30 ން ހަވީރު 16.00 އަށް، ކ. އަތޮޅާއި ދ. އަތޮޅާއި ދެމެދުގެ ސަރަހައްދަކަށެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި އެސަރަހައްދުގެ އަތޮޅުތަކަށް ބޯކޮށް ވިއްސާރަ ވެހުން އެކަށީގެންވެއެވެ.
މިއަދު ހެނދުނު 10 އިން މާދަމާ ހެނދުނު 10 އަށް ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނިގޮތުގައި އުތުރަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަގަޅުވާނެ ކަމަށެވެ.
މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 13 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އިން ބުނެއެވެ.
މެޓް އޮފީހުން ބުނިގޮތުގައި ދެކުނާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
މެދު ރާއްޖެ ތެރެއާއި ދެކުނަށް މޫސުން ގޯސްވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ