ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންފި އެވެ.
މިހާރު ނޫހުގައި ހާމަކޮށްފައިވާ ގޮތުން ރައީސްގެ ދަރިކަނބަލުން ޣާދާ އަބްދުﷲ ޔާމީނަށް ފިރިހެން ބޭފުޅަކު ވަނީ ލިބިވަޑައިގެންފަ އެވެ. ދަރިކަނބަލުންނަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތީ ހުކުރު ދުވަހު ތައިލެންޑްގަ އެވެ.
ރައީސް ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ ތައިލެންޑަށް ހުކުރު ދުވަހުގެ ވަގުތެއްގައި ފުރާވަޑައިގެންފަ އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެން ފުރަތަމަ ކާފަ ދަރިކަލެވެ. ރައީސް ޔާމީނުގެ ތިއްބަވަނީ ފިރިހެން ބޭފުޅަކާ އަންހެން ކަނބަލެކެވެ.
 ސޯޝަލް މީޑިއާގައި މަޖިލީސް މެންބަރުންނާއި އާންމު ރައްޔިތުން ދަނީ ރައީސްގެ ދެމަފިރިކަނބަލުންނަށް މަރުހަބާ ދަންނަވަމުންނެވެ. 
Congrats to HEP Yamin and First-lady Madam Fathumath Ibrahim.
Happy “Kaafa” and “Maama” pic.twitter.com/56GXlbcDVY
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ