މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނީ، ވައިޓް އެލާޓް ނެރެފައި ވަނީ ތ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ކަމަށެވެ. އެލާޓް ނެރެފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 14:00 އަށެވެ.
 އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ކޮޅިގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ގުރުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރު މިިނުގައި ކަމަށާއި މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ