ޕީޕީއެމްގެ ހަމަތަކާއި އުސޫލުތައް އިއާދަކުރަން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާނަން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ޕީޕީއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމް އުފެއްދީ އިސްލާމްދީނުގެ އަސާސްތަކާއި ޑިމޮކްރަޓިކް ހަމަތައް ދަމަހައްޓާ ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއި އެކު ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް މިއަދު އެކަންކަން ނުވާ ކަމަށާއި އެކަންކަން އިއާދަކުރުމަށް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރާނެ ކަމަށް ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޕީޕީއެމް އިން އެޕާޓީގެ އަސާސްތަކާއި ހިލާފުވެފައި ވާތީ ހިތާމަކުރައްވާ ކަމަށް ވެސް ރައީސް މައުމޫން މިއަދު ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް އުފެއްދިއިރު އެޕާޓީގެ ރައީސް އަކީ މައުމޫން އެވެ. އަދި އެޕާޓީގެ ކޮންގްރެސް އިން ވެސް މައުމޫން ޕާޓީގެ ރައީސް ކަމަށް އިންތިޚާބު ކުރިއެވެ. ނަމަވެސް ޕާޓީގެ އަސާސީ ޤަވައިދާއި ތަކުރާރުކޮށް ހިލާފުވުމުން މިއަހަރު ޕީޕީއެމްގެ ކައުންސިލުން ވަނީ މައުމޫން ޕީޕީއެމްގެ މެންބަރު ކަމުން ވަކިކޮށްފައެވެ.
ޕީޕީއެމްގެ އުސޫލުތައް އިއާދަކުރަން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާނަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ