ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް ގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާކުރާއިރު އެއަށްވުރެ ބޮޑަށް ޝަހުސު އޮޅުވާލާފައި ތިބި އިތުރު 4 މެމްބަރަކު މަޖިލީހުގައި މިހާރުވެސް އެބަތިއްބެވި ކަމަށް ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ކުރާއިރު ސަރުކާރު ފަޅީގައި ތިއްބެވި 4 މެމްބަރަކު އެއަށްވުރެ ބޮޑަށް ޝަހުސު އޮޅުވާލާފައިވާ ކަމަށެވެ.
ވަކީލު މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކުރިތާ ދެ އަހަރާއި ހަތް މަސްވިއިރު ވެސް މަޖިލީހުގައި އޭނާ ހުންނެވީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް އިންތިހާބުވެ ވަޑައިގަތީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނަމަވެސް ކެމްޕޭން ކުރައްވާ އެއީ ޕީޕީއެމްގެ މެމްބަރުން ކަމަށް މީހުންގެ ހިތްތަކަށް ތަސައްވަރު ކުރެވޭގޮތަށް އަމަލުކުރައްވާފައިވާ ކަމަށެވެ. އަދި އެކަންކަން އެހެން ހުއްޓާ ފާރިސް ގެ މައްޗަށް އެ ދައުވާ އުފުލާތީ ކަންބޮޑުވާ ކަމަށް ވަކީލު މައުމޫން ހަމީދު ވިދާޅުވިއެވެ.
އަދި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު މަޖިޅިހަށް އިންތިހާބުވެ ވަޑައިގަތީ ޕީޕީއެމް ކެނޑިޑޭޓެއް ގޮތުގައި ނަމަވެސް އޭނާ ޕީޕީއެމްގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ އޭގެ ތިން އަހަރު ފަހުން ކަމަށް ވަކީލު މައުމޫން ހަމީދު ވިދާޅުވިއެވެ.
ފާރިސްގެ މައްޗަށް އުފުލާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށް ކެންސަލްކޮށްފައިވާ އިރު އެދައުވާގައި ފާރިސްގެ ފަރާޓުން ދިފާއީ ހެކިންގެ ގޮތުގައި 47 މީހުން އަދި 27 ލިޔުމެއް ހުށަހަޅާފައިވެއެވެ.
މަޖިލީހުގެ 4 މެމްބަރަކު ވަނީ ޝަހުސު އޮޅުވާލާފައި : ވަކީލު މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ