މެމްބަރު ފަޒާދު އިއްތިހާދުގެ ކެމްޕޭނާއި ގުޅިވަޑައިގެންފި

ފުވައްމުލަކު މެދު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އިއްތިހާދުގެ ކެމްޕޭނާއި ގުޅިވަޑައިގެންފި އެވެ.
ފަޒާދު އިއްތިހާދާއި ގުޅިވަޑައިގެންނެވިި ނަމަވެސް އެކަމާއި ގުޅޭގޮތުން ފަޒާދު މީޑިއާ އާއި ވާހަކަ ދައްކާފައެއް ނުވެއެވެ.
އިއްޔެ ފަޒާދު ފުވައްމުލަކަށް ވަޑައިގެންނެވުމުން އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުން ވަނީ ފުވައްމުލަކު އެއާޕޯޓުން ފަޒާދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަޥާފައެވެ.
ޕީޕީއެމްގެ މެމްބަރުން އެޕާޓީދޫކޮށް ނުކުންނަށް ފެށުމުން ޕާޓީބަދަލު ކުރާ މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް ކޯޓު މެދުވެރިކޮށް ޕީޕީއެމުން ވަނީ މަސައްކަތްކޮށްފައެވެ. މިގޮތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުވެސް ވަނީ ޕީޕީއެމް ދޫކޮށް ނިކުންނަވާފައެވެ.
ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކުރިންވެސް މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ކޯލިޝަނާއި އެކު މަސައްކަތް ކުރައްވަން ފައްޓަވާނެ ކަމުގައެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން މިހާރުވެސް ވަނީ ޕީޕީއެމްގެ ކެމްޕޭން ހަރަކަތާތްތަކާއި ފެއަށް ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ