ޒުވާނުން ތިބީ ރަނގަޅު ފަޅީގައި- މެމްބަރު ރިފާއު
ޒުވާނުން ތިބީ ރަނގަޅު ފަޅީގަ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެރައީސް ޔާމީނާއި އެކު ޒުވާނުންގެ ނަމުގައި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ މިއުޒިކް ހަރަކާތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން 7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުން ހިމެނޭކަމަށެވެ. އެގޮތުން ރައީސް ޔާމީން ޖީއެމްއާރް ފަދަ ބޭރުގެ ކުންފުންޏަކައް ވިއްކާ ނުލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަން ރިފާއު ފާހަގަކުރެއްވިއެވެ. ރިފާއު އިތުރަށް ވިދާޅުވީ ޒުވާނުން ރައީސް ޔާމީނާއި ޑރ. ޝަހީމް ސާފު އަޣްލަބިއްޔަތުން ހޮވާދެއްވަން ޖެހޭ ކަމަށެވެ.ޒުވާނުން ކުރާ މަސައްކަތާއި އެކީ ރައީސް ޔާމީން ދެވަނަ ދައުރުއަކަށް ހޮވިގެން ދާނެކަން ފާޙަގަކުރައްވާ ރިފާއު ވިދާޅުވީ ޒުވާނުން ގުޅިގެން އެކަން ހާސިލް ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރިފާޢު ވިދާޅުވީ ރައީސް ޔާމީން ޒުވާނުންގެ މުސްތަގްބަލް އާރާސްތުކުރައްވާނެ ކަމަށާއި އެކަމުގެ ތެރެއިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައްވެސް އިތުރުކޮށްދެއްވާނެ ކަމަށެވެ. މީގެއިތުރުން ހުޅުލެއާއި މާލެ އާއި ދެމެދު އަޅާ ބްރިޖުގައި ޒުވާނުން ސައިކަލްތަކުގައި ދުއްވުމުގެ ފުރުސަތު ލިބިގެން ދާނެކަން ރިފާޢު ފާހަގަކުރެއްވިއެވެ.ރައީސް ޔާމީނާއި އެކު ޒުވާނުންގެ ނަމުގައި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ މިއުޒިކް ހަރަކާތުގައި މަޝްހޫރު ފަންނާނުން އައިޓަމްތައް ހުށަހަޅާދީފައެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން އެހަރަކާތުގައި ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ