ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްްދުﷲ ދީދީ މިއަދު އައްޔަން ކުރައްވައިފިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލެވެ.
މިއަދު ބޭއްވި ހަފްލާގައި ޖޭއެސްސީގެ ބައެއް މެމްބަރުންނާއި ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނާއި އަބްދުﷲ ހަމީދު އަދި އަބްދުއްރައޫފް އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ދީދީ އައްޔަން ކުރަން ޖޭއެސްސީ އިން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، ކޮމިޝަނަށް ލަފާދޭ ކޮމިޓީން ކަނޑައަޅާފައިވާ ކްރައިޓީރިއާ އާއި އެއްގޮތަށް މާކްސް ދީ، އިންޓަވިއުކޮށް، އެކޮމިޓީން ކޮމިޝަނަށް ހުށަހަޅާފައިވާ ކަރުދާހުގައިވާ ފަރާތްތަކުގެ ތެރެއިން، ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމަށް ޖޭއެސްސީގައި ނެގި ސިއްރުވޯޓަކުންނެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަނުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންއެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ ހައި ކޯޓުން ނިންމާ ނިިންމުން ތަކަކީ ދިރާސާކޮށް، އިލްމީ ގޮތުން ފެންވަރު ރަނގަޅު އަދި ކުރިޔަށް ވުރެވެސް ފުރިހަމަ ނިންމުން ތަކެއްގެ ގޮތުގައި ހެދޭތޯ މަސައްކަތް ކުރަންޖެހޭނެކަމަށެވެ.
އެންްމެން އެކުގައި މަސައްކަތް ކޮށްގެން ދިވެހި ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކެއް ކުރުމަށް އަބްްދުﷲ ދީދީ ވަނީ ހައި ކޯޓުގެ އެހެން ފަނޑިޔާރުންނަށް ނަސޭހަތްތެރިވެފައެވެ.
"ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ރަނގަޅުކުރުމަށްޓަކައި ގާނޫނޫ ހަވާލު ކުރެވިފައިވާ މަސައްކަތްތައް ހިތްވަރާއެެކު އެންމެން އެކަތި ގަނޑަކަށް ވެގެން ކުރުން ވަރަށް މުހިންމު" އަބްްދުﷲ ދީދީ ވިދާޅުވިއެވެ.
ދަށު ކޯޓުން ފޮނުވާފަ ހުރި މައްސަލަތައް ބެލުމުގައި ލަސްވީ ހައި ކޯޓުގެ ބައެއް ފަނޑިޔާރުން ވަޒީފާއިން ވަކިވުމުން ކަމަށް އަބްްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ.
ކުރިން ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އައްބާސް ޝަރީފު މިދިޔަ އޮކްޓޮބަރު މަހު ރިޓަޔަ ކުރެއްވުމުން ފަނޑިޔާރަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. އައްބާސް ރިޓަޔަ ކުރެއްވުމުން ތިބި އަށް ފަނޑިޔާރުންތެރެއިން ތިން ބޭފުޅަކު ވަނީ ދެކުނު ބްރާންޗަށް ބަދަލުކޮށްފައެވެ. އެހެން ކަމުން ހައި ކޯޓުގައި މިހާރު ތިބީ 5 ފަނޑިޔާރުންނެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އައްޔަންކުރަައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ