ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މެމްބަރު ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އައްޔަން ކުރައްވައިފިއެވެ.              
މި މަޤާމަށް މިނިސްޓަރ އުމަރު އައްޔަންކުރައްވާފައި މިވަނީ އެލްޖީއޭގެ ރައީސްކަމުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވަޒީރު ކަމުން ވަކި ކުރުމާއި ގުޅިގެންނެވެ.
ނާޒިމް ވަޒީރު ކަމުން ވަކިކޮށްފައި ވާއިރު، އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވަނީ ފާސްވެފައެވެ. އަދި އެ އޮތޯރިޓީގެ މެމްބަރު، ޝުޖާއު ހުސއިން ސަސްޕެންޑުކޮށްފައި ވާއިރު އޭނާ މެމްބަރުކަމުން ވަކި ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގަނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށްޓަކައި ރައީސުމްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކު އެލްޖީއޭގެ ބޯޑުގައި އިނުން ލާޒިމް ކުރެއެވެ.
    
    އެލްޖީއޭގެ މެންބަރުކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ