ލީލީމަގު ސަރަހައްދުން ކަރަންޓް ކެނޑިއްޖެ
ލިލީމަގު ހުންނަ ސަރަހައްދުން ރޭ ދަންވަރުން ސުރެ ކަރަންޓް ކެނޑިފައި ވަނީ އެ ސަރަހައްދުގެ ސަބްސްޓޭޝަނެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށާއި ދެ ގަޑިއެއްހާ އިރުތެރޭގައި ކަރަންޓް އަލުން ދެވޭނެ ކަމަށް ސްޓެލްކޯގެ އިންޖިނިއަރު އިބްރާހިމް ރައޫފު ވިދާޅުވެއްޖެ އެވެ. "ކަރަންޓް ކެނޑުނީ ސްވިޗް ބޯޑެއްގައި މައްސަލަ ޖެހިގެން. ކުރިއަށް އޮތް ދެގަޑިއެއްހާއިރު ތެރޭ ކަރަންޓް ދެވޭނެ،" ރައޫފު ވިދާޅުވި އެވެ. އެ ސަބްސްޓޭޝަން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ވެސް ރައޫފު ވިދާޅުވި އެވެ. މިނިވަން ފަންސާހާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ކުލަބޮކި ދިއްލަމުންދާތީ ކަރަންޓް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ